Posts

Hijra (part 49)

Image
އޭނަގެ ފަރާތުން މި ޚަބަރު މިޞްބާޙަށް ލިބުނުކަން އަމީނަށް އެނގިއްޖެނަމަ އަމީން އޭނަގެ ބިރު ޙަޤީޤަތަކަށް ހަދާފާނެކަމުގެ ބިރުހީވިއެވެ. އެހެންކަމުން ޔޫނުސް އަވަހަށް ސައިކަލު ސްޓާޓްކޮށްލަމުން ސައިކަލު ދުއްވާލިއެވެ. މިޞްބާޙަށް ކަންބޮޑުވުމެއްގައި ސައިކަލު ދިޔަ ދިމާލަށް ބަލަން ހުރެވުނެވެ. ** އެތައް ދުއްވުމަކަށްފަހު ޔޫނުސް އެރޭވެސް ގެއަށް އައީ މާޔޫސްވެފައިވާ މޫނަކާއެކީގައެވެ. އޭނަ ގެއަށްވަދެ ސިޓިންގް ރޫމުގެ ބޮކި ދިއްލާލަމުން ގޮސް ސޯފާއަށް ވެއްޓިގަނެ ދެއަތުން މޫނު ފޮރުވާލިއެވެ. މަރާލި ލޮލުގެ ދޭތެރެއިން ނަޞްރާގެ ހިނިތުންވުން ސިފަވެގެން ދިޔުމުން ޔޫނުސް އިހުނަށްވުރެ ދެރަވިއެވެ. އެ ހިނިތުންވުން އޭނައަށް ދެން ދުވަހަކުވެސް ނުފެންނާނީ ހެއްޔެވެ؟ އޭނަ ޖެހޭނީ އަނެއްކާވެސް އޭނަގެ އެކަނިވެރި ޙަޔާތަށް އަނބުރާ ދާން ހެއްޔެވެ؟ އޭނަ ދެން ކޮންމެ ދުވަހަކު ގެއަށް އަންނާނީ ކާކު ދެކޭ ހިތުން ހެއްޔެވެ؟ އޭނަ އޭނައަށް ކުރިމަތިވާ މައްސަލަތައް ކިޔައިދޭނީ ކާކަށް ހެއްޔެވެ؟ އެ މައްސަލަތައް ޙައްލުކުރުމުގައި އެހީވެދޭނީ ކާކު ހެއްޔެވެ؟ ނަޞްރާއާއެކީ ވޭތުވި އެއްއަހަރު ތެރޭގައި އޭނައަށް އެކަނި ނުއުޅެވޭވަރަށް ނަޞްރާ އޭނ...

Hijra (part 48)

Image
ގޭގެ ދޮރުގެ ތަޅު ހަލާކު ކުރެވިފައިވީއިރު ދޮރު ވަނީ ކުޑަކޮށް ހުޅުވިއެވެ. ޔޫނުސް ހިސާބަކަށް ކަންބޮޑުވެ ހުރެ ދޮރުކައިރިއަށް ގޮސް އެއްއަތުން މާ ބޮނޑި ހިފައިގެން ހުރެ އަނެއްއަތުން ދޮރު ރަނގަޅަށް ހުޅުވާލިއެވެ. މިފަހަރު ފެނުނު މަންޒަރަކުން އޭނަގެ އަތުގައި އޮތް މާ ބޮނޑި ޓައިލްސް މަތީގައި ގޮސް ޖެހުނެވެ. އެ މާ ބޮނޑި ޖެހުނު ހިސާބުން ފެށިގެން އޭނަގެ ކޮޓަރިއާއި ހަމައަށް ބިންމަތީގައި ހުރި ލޭ ފެނިފައި ޔޫނުސްގެ ހިތް ހުއްޓުނު ފަދައެވެ. ބައެއް ހިސާބު ގަނޑުގައި ލޭގެ ތިކިތައް ހުރިއިރު އަނެއްބައި ހިސާބުގައި ހުރީ ލޭ ފެތުރިގެން ގޮސްފައެވެ. އިންތިހާ ދަރަޖައިގެ ބިރުވެރިކަމެއް ވަށާލެވިގެން ދިޔަ ހިތަކާއެކީ ޔޫނުސް ނަޞްރާގެ ނަން ކިޔާލަން އުޅުމުން އޭނަގެ އަނގައިން ނިކުތީ ހަމައެކަނި ވައިއަޑެކެވެ. ޔޫނުސް ޖެހިލުންވުމަކާއެކީ ކޮޓަރިއާއި ދިމާލަށް ލަސް ފިޔަވަޅުތަކެއް އަޅަން ފެށިއެވެ. މިނެޓެއްގެ ތެރޭގައި އޭނައަށް ކޮޓަރިއާއި ހަމައަށް ދެވުނެވެ. ކޮޓަރީގެ ދޮރުވެސް ވަކި ވަރަކަށް ހުޅުވިފައި ހުރިތަން ފެނިފައި ޔޫނުސް ދެލޯމަރާލަމުން އެ ދޮރު ކުއްލި ކޮއްޕާލިއެވެ. އޭނަ ދެ ޚިޔާލެއްގެ މަތީގައި ހުރެ ލޯ ހުޅުވާލި ވަގުތު އޭނައަށް ފެނު...

Hijra (part 47)

Image
"އެއީ ތެދެއް." ނަވާޒް އިސްއުފުލައި ޔޫނުސްއަށް ބަލާލަމުން ބުނެލީ ހަމައެކަނި އެހާވަރަށެވެ. އެއާއެކު ޔޫނުސް ގަނޑުވެގެން ދިޔައެވެ. އޭނައަށް އޭނަގެ ކަންފަތަށް އިތުބާރުކުރަން ދަތިވިއެވެ. އަނެއްކާވެސް މުޅި ތަނަށް މަރު ހިމޭންކަމެއް ވެރިވިއެވެ. މިފަހަރު އެއްފަރާތަކުން މުވައްޒަފަކު ގޮވާލުމުން ވެސް ޔޫނުސްއަކަށް އަޑެއް ނުއިވުނެވެ. އޭނައަށް ނަވާޒް ބުނި އެއްޗެއް ޤަބޫލުކުރަން ނޭނގިފައި އިނދެވުނުއިރު ނަވާޒް އެހެން ބުނީ ކީއްވެތޯ އޭނަގެ ސިކުނޑި ސުވާލުކުރަމުން ދިޔައެވެ. ޔޫނުސް އަނެއްކާވެސް ބަހެއް ބުނެލަން ނޭނގިފައި އިންތަން ފެނިފައި ނަވާޒް އޭނައަށް އެހީވެދޭން ބޭނުންވިއެވެ. އެހެންކަމުން އޭނަ އިތުރަށް ވާހަކަ ދެއްކިއެވެ. "އެއީ މީގެ 9 ވަރަކަށް އަހަރު ކުރިން. އަހަރެން ޝަހީމާއާއެކީ އުޅެމުން ދިޔައީ ވަރަށް އުފަލުގަ. އޭރު އަހަރުމެންނަށް ލިބިފައި ހުރި ފިރިހެން ދަރިފުޅަށް 17 އަހަރުވީ. ނޭނގެ ކީކޭ ހިތަށް އަރައިގެން ކަމެއް އަހަރެން ޝަހީމާ ވަރިކުރަން ނިންމީ. ލިބިފައި ހުރި ނިޢުމަތަށް ޝުކުރު ނުކުރެވުނީތީ ކަންނޭނގެ ހީވީ އެހެން މީހަކާ އިނީމަ މާ އުފާވާނެއޭ. އަހަރެން މަޑުމަޑުން ޝަހީމާއާއި އަހަރުމ...

Hijra (part 46)

Image
ޔޫނުސްއަށްޓަކައި ތަޢުރީފުގެ ބަސްތައް އޮހެމުން ދިޔަ ވާހަކަ އެ ވެބިނާރއަށްޓަކައި މަސައްކަތް ކުރި ފައިޒާން ގެއަށް ދިޔަ މަގުމަތީގައި ބުންޏެވެ. ޔޫނުސް ކާރުގެ ކުރީ ސީޓުގައި އިނދެ ފަހަތް ބެލިއިރު ފައިޒާން އުނގުމަތީގައި ހުޅުވާފައި ހުރި ލެޕްޓޮޕުން އޭނަގެ ދެފަރާތުގައި ތިބި ދެ އެކުވެރިންނަށް ކޮމެންޓްތައް ދައްކާފައި ހެމުން ދިޔައެވެ. މި ވެބިނާރ މިހާ ކާމިޔާބުވީ ވެސް އަންހެން ކުދިން ޔޫނުސް ބަލަން ބޭނުންވާތީވެކަމަށް ފައިޒާން ބުންޏެވެ. ޔޫނުސް ކަޅިމައްޗަށް ހިންގާލަމުން ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ. އޭނަ އެ ކޮމެންޓްތައް ބަލާހިތެއް ނުވެއެވެ. އެއީ އޭނައަށް އާ ކަމެއް ނޫނެވެ. އޭނަދެކެ ޙަޤީޤަތުގައި ލޯބިވާ މީހުންނަކީ އެއީއެއްނޫންކަން އޭނައަށް މިހާރު ސާފުކޮށް އެނގެއެވެ. އެހެންކަމުން އެ މީހުންގެ ޚިޔާލުތައް ދެނެގަތުން އޭނައަށް މާ މުހިއްމެއްނޫނެވެ. އޭނަ ބޭނުންވަނީ ނަޞްރާ އޭނަ ހުށަހެޅިގޮތާއިމެދު ދެކޭ ގޮތް ދެނެގަންނާށެވެ. އޭނަގެ ގެ ކައިރިއަށް ކާރު މަޑުކުރުމާއެކު ޔޫނުސްގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. އޭނަ އަވަސްއަވަހަށް ކާރުން ފައިބައިގެން ގޮސް ގޭގެ ދޮރުމައްޗަށް އަރައި ދޮރު ހުޅުވާލިއެވެ. ސިޓިންގް ރޫމ...