Status detailed (dhivehi lesson)


މަޤާމް (ތަފްޞީލުކުރެވިފައި)
ކުރީގެ ފިލާވަޅުތަކުން އަހަރުމެން ދަސްކޮށްފައިވާ ގޮތުގައި ކޮންމެ އިސްމްއެއްގައި (ނަމެއްގައި) 4 ސިފަވެއެވެ. އެއީ މަޤާމް، ޢަދަދު، ޖިންސު އަދި ވައްތަރެވެ. މިއަދުން ފެށިގެން އަހަރުމެން މީގެއިން ކޮންމެ ސިފައަކަށް ތަފްޞީލުކޮށް ބަލަމުން ދާނަމެވެ. މިއަދު އަހަރުމެން ފަށާނީ އެންމެ ފުރަތަމަ ސިފަ ކަމަށްވާ 'މަޤާމް' އިންނެވެ.

އަހަރުމެން މިހާތަނަށް މަޤާމްއާއި ބެހޭގޮތުން އަހަރުމެން ހަނދާން ބަހައްޓަންޖެހޭ މައިގަނޑު 4 ކަމެއްވެއެވެ. އެއީ:

1.    މަޤާމްގެ 3 ވައްތަރު
ރަފަޢް (ކަންކުރާ ފަރާތް)
ނަޞްބް (ތަފްޞީލް)
ޖަރް

2.    މަޤާމް ދެނެގަންނާނެ ގޮތް
ބަހެއްގެ 3 މަޤާމު ދެނެގަންނާނެ ގޮތް މިހާރުވެސް އަހަރުމެންނަށް އެނގެއެވެ. ދެނެގަންނާނީ ބަހެއްގެ އެންމެ ފަހު އަކުރުގައި އޮންނަ ފިއްޔަށް ބަލާފައެވެ.
ރަފަޢް: - އުބުފިލި ނުވަތަ އުންބުންފިލި
ނަޞްބް: - އަބަފިލި ނުވަތަ އަންބަން ފިލި
ޖަރް: - އިބިފިލި ނުވަތަ އިންބިން ފިލި

ބައެއް ބަސްތަކުގެ މަޤާމް ދަނެގަންނަން ބަސް ނިމޭއިރު އިވޭ އަޑަށް ވެސް ވިސްނަންވާނެއެވެ. 'މުސްލިމް' ތާވަލްއަށް ބެލީމަ މީގެ މާނަ އެނގޭނެއެވެ.


ފާހަގަވާނެ ފަދައިން މި ތާވަލުގައި އަކުރުތައް އުބުފިލި (ނުވަތަ އުންބުން ފިލި)، އަބަފިލި (ނުވަތަ އަންބަން ފިލި) އަދި އިބިފިލި (ނުވަތަ އިންބިން ފިލި) ފެންނަނީ މުފްރަދްގެ ބައިން އެކަންޏެވެ. ދެން ހުރި ބައިތަކުގައި ބަސްތައް ނިމެނީ 'އާނި'، 'އައިނި' 'އޫނަ' އަދި 'އީނަ' ފަދަ އަޑުތަކުންނެވެ. މިފަދަ އަޑުތަކަށް ވިސްނާފައި މަޤާމް ދެނެގަންނާނެ ގޮތް ތިރީގައި މިވަނީއެވެ.


މުޘައްނާ
ޖަމްޢު (ފިރިހެން)
ޖަމްޢު (އަންހެން)
ރަފަޢް
އާނި
އޫނަ
އާތުން
ނަޞްބް
އައިނި
އީނަ
އާތިން
ޖަރް
އައިނި
އީނަ
އާތިން

*މިތަންކޮޅު ސާފުނުވާނަމަ މި ތާވަލުތައް ކިޔައިދީފައި ހުރި ފިލާވަޅު ބައްލަވާށެވެ.

3.    ލުއި އަދި ބަރު މަޤާމް
ހުރިހާ ޢަރަބި ބަސްތަކަކީ ވެސް އޭގެ ޒާތުގައި 'ބަރު' ބަސްތަކެވެ. ބަހެއް ދެގޮތަކަށް ބަރު ވެދާނެއެވެ.
#ތަންވީނުގެ ސަބަބުން (އުންބުން، އަންބަން ނުވަތަ އިންބިން ފިލި)
#ބަހެއް ނިމޭ އަޑުގެ ސަބަބުން
ބަހެއް ލުއި ކުރުމަށްޓަކައި ޖެހޭނީ ނޫނުގެ އަޑު ފިލުވާށެވެ. ތިރީގައި މި ވަނީ ބައެއް މިސާލުތަކެވެ.


ބަހެއް ލުއި ކުރެވިދާނެ 4 ސަބަބެއްވެއެވެ. ކުރިއަށް ހުރި ފިލާވަޅުތަކުގައި އަހަރުމެން އެ 4 ސަބަބަށް ބަލާލާނަމެވެ.
ނޯޓް: ބަހެއްގެ ކުރީގައި 'އަލް' އޮތިއްޔާ އޭތި ބަރުތޯ ނުވަތަ ލުއިތޯ ބުނާކަށް ނުޖެހޭނެއެވެ.

މިކަންތައް ހަނދާނުގައި ބަހައްޓައިގެން ތިރީގައި މިވާ ފަރިތަކުރުން ފުރިހަމަ ކުރާށެވެ.
ތިރީގައި މިވާ ބަސްތައް ބަރުތޯ ނޫނީ ލުއިތޯ ބަލާށެވެ!
نَفْسٍ
نَفْسِ
فِئَتَيْنِ
فِئَتَي
الْمُنَافِقُونَ
فَوقَ
كاَفِرَةٌ
كَافِرَةُ


Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)