Posts

Showing posts from 2018

Hadhiya (part 20)

Image
"ތި މަންމައާއި ބައްޕައަށް ރަނގަޅަށް ހިތާތި. ކުދިކުދި ކަންތައްތަކާމެދު އެމީހުންނާ ޒުވާބުކޮށް ރުޅިނުވާތި....އެހާ ލޯބިވާ މަންމައާއި ބައްޕައެއް ކައިރީގަ ތިބުމަކީ އެންމެންނަށް ލިބޭ ނިޢުމަތެއްނޫން." އައްޒާމް އަނެއްކާވެސް ސީރިއަސްވެގެން ދިޔަ މޫނަކާއެކީ ބުނެލުމުން މާޝާއަށް އޭނައަށް ބަލަހައްޓައިގެން ހުރެވުނެވެ. އައްޒާމްގެ މަންމައާއި ބައްޕަ ކޮބައިތޯ ފުރަތަމަ ފަހަރަށް މާޝާގެ ހިތް ސުވާލުކުރިއެވެ. އައްޒާމް ފެނުނު ފުރަތަމަ ދުވަހުވެސް އޭނަ ބަލައި އޭނަގެ ކާފަ އައިސްފައި ހުރުމުން މާޝާގެ ސިކުނޑީގައި މި ޒާތުގެ ޚިޔާލުތައް ދައުރުވިއެވެ. އެހެނަސް އެކަމާމެދު ވިސްނާލުމުގެ ފުރުޞަތެއް މި ލިބުނީ އަދި ކިރިޔާއެވެ. އައްޒާމަކީ މަންމައާއި ބައްޕަ ނިޔާވެފައިވާ ޔަތީމު ކުއްޖަކީ ހެއްޔެވެ؟ އެދުވަހު އައްޒާމް ބަލާ އޭނަގެ ކާފަ އައުމާއި، މިވަގުތު އައްޒާމްގެ މޫނުމައްޗަށް ވެރިވެފައިވާ ކުލަވަރުގެ މާނައަކީ އެއީ ހެއްޔެވެ؟ ހިތަށް އެ ޚިޔާލު ވެރިވުމާއެކު އައްޒާމަށްޓަކައި މާޝާގެ ހިތް ދެރަވިއެވެ. ޒުވާން ޢުމުރުގައި އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެ މިހާ ކާމިޔާބުވެފައިވާނީ މަންމައާއި ބައްޕައާ ނުލާ ބޮޑުވި ކުއްޖެއްކަމަށް ހ...

Hadhiya (Blog post 19)

Appreciate your parents while you still have them. Only the people who have lost them know their true value. #Selfreminder *********************************************************************** ތިބާގެ މައިންބަފައިން ތިބާއާއި އެކީގައިވީ ހިނދު އެމީހުންނާއެކީ ވަގުތު ހޭދަކޮށް އުފާކުރާށެވެ. މައިންބަފައިންގެ ޙަޤީޤީ އަގު އެނގޭނީ ހަމައެކަނި އެ މައިންބަފައިންނާއި ދުރުވެފައިވި މީހުންނަށެވެ.

Hadhiya (part 19)

Image
"އޭ މިއްޒޭ! ހިތާމަވެރި ވާހަކައެއް ބުނެލަންވެގެން މި ގުޅާލީ. މިއްޒޭ ހަދިޔާއެއް ފޮނުވީމެއްނު އައްޑޫގަ ހުރި ފޭދޫ ގެއަކަށް ފޮނުވަން؟ އޭތި ވީ ނުވީއެއް ނޭނގި އަހަރެން އަތުން ގެއްލިއްޖެ. އައި ސްވެއާރ އަހަރެން އޭތި ބެހެއްޓީ އަހަރެންގެ ހެދުން ފޮށި ކައިރީގަ. ދެވަނަ ދުވަހު ބެލިއިރު ފެންނާކަށް ނެތް. އެކި ތަންތަން ހޯދާހޯދާ ވެސް ނުއެއް ފެނުނު. އަދި މިގެއަކީ ކުޑަކުދިން ތިބޭ ގެއެއްވެސް ނޫން. މިއީ އަހަރެން ކުއްޔަށް ހިފައިގެން އެކަނި އުޅޭ ގެއެއް. އެކަމަކުވެސް.....އައިމް އެކްސްޓްރީމްލީ ސޮރީ އެބައުޓް ދިސް!" ފަޔާޒް އެކޮޅުގަ ހުރެ ދެއްކި ވާހަކަތައް އަޑުއަހަން މިރްޒާނަށް ހުރެވުނީ ދެ ބުމަ ކައިރި ކޮށްގެނެވެ. ފަޔާޒް އެ ދެއްކި ވާހަކައިން އޭނަ ދެރަވީ ވަރަށްވުރެ ބޮޑަށްވީ ޙައިރާނެވެ. ދެ ފަހަރު މަތިން އޭނައަށް އެއްތަނެއްގެ ވާހަކައިވި އެ ދެފަހަރު މަތިން ވެސް އެއްމީހެއްގެ މަތިން އޭނަ ހަނދާންވުމުން ފަޔާޒް އަތުގަ އޮތް ހަދިޔާ އޭތި ލިބެން ޖެހޭ ފަރާތަށް ލިބުނީހެން މިރްޒާނަށް ހީވިއެވެ. މިރްޒާން ވިސްނުމެއްގެ ތެރޭގައި ވަނިކޮށް އަނެއްކާވެސް އެކޮޅުން ފަޔާޒްގެ އަޑު އިވުނެވެ. "މިއްޒޭ އެ ގިފްޓްގެ ތެރޭގަ އޮތ...

Hadhiya (Blog post 18)

“And when the caravan departed, their father said, “Indeed I find the scent of Yusuf if you don’t think of me as weakened in mind.” Surah Yusuf, 94 Subhaanallah this is one of those places from the stories of the Quran that makes me desperately wish everyone knew the beauty in these stories. And I pray that I am able to explain this bit as clearly as possible. So here goes. As we all know, Yusuf (AS)’s brothers were jealous of him. They threw him in a well and lied to their father saying that a wolf had eaten him. Ya’qub (AS), knowing his sons realized that they were lying and yet chose to be patient. Long story short, years pass by without Ya’qub (AS) knowing what happened to his son. He went blind because of how much he cried for his son. While on the other hand, with a twist and turn of events, Yusuf (AS) becomes a minister of Egypt while Ya’qub (AS) is still in his homeland. Due to a long drought that occurred in the area, Egypt and the lands near the country suffered fr...

Hadhiya (part 18)

Image
އެދުވަހު އެ ލެވި ހަޅޭކުގެ އަޑު އޭނަގެ ކަންފަތުގައި ގުގުމާލިހެން ހީވި މިރްޒާން މޭޒުކައިރީގައި އިނދެވެސް ސިހުންވިއެވެ. އެ ހިނދު އޭނަގެ ލޯ އެދުވަހު ދުޅަވެފައިވީވަރަށް ދުޅަވެފައިވީއިރު އޭނަގެ ބާރަށް ތެޅެމުން ދިޔަ ހިތުތެރޭގައި އުފެދިފައިވީ ހަމަ އެ ރިހުމެވެ. 15 އަހަރު ވޭތުވީއިރު ވެސް އޭނަގެ ހިތް ތަކުރާރުކޮށް ކުރަމުން ދަނީ އެންމެ ސުވާލެކެވެ. އަމްނާއާއި މުޙްސިން ކޮބައިތޯއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ މާޒީގެ ހުރިހާ ޞަފްޙާއެއް ލޯމަތިން ސިފަވެގެން ދިޔަހެން ހީވި މިރްޒާންގެ ކުރިމަތީގައި އޭރުވެސް ހުޅުވިފައިވީ، އަމްނާގެ ޑައިރީ ފޮތް ބަރީގެ ތެރެއިން ފުރަތަމަ ފޮތުގެ ޞަފްޙާއެކެވެ. އެއީ އަމްނާއަށް ޢަރަބި އެހާ ރަނގަޅަށް ނޭނގުމުގެ ސަބަބުން ހަމައެކަނި އެކި ފޮތްތަކުން ފެނުނު ޢަރަބި ބަސްކޮޅުތައް ލިޔެފައިހުރި ޞަފްޙާތަކުގެ ތެރެއިން ޞަފްޙާއެކެވެ. މިރްޒާންގެ ކަރުނަ ތިކި ގޮސް ޖެހުނު ބަސްކޮޅަށް ނަޒަރު ހުއްޓައިގެން އޭނަ އިންދާ އެޕާޓްމެންޓްގެ ބެލް އަޅުވާލެވުނު އަޑުއިވުނެވެ. "މިއްޒޭ!" ބެލްގެ އަޑަށްފަހު ބޭރުން އިވިގެން ދިޔައީ އާތިފްގެ އަޑެވެ. އެއާއެކު މިރްޒާނަށް ދޮރާއި ދިމާލަށް ނަޒަރު ހިންގ...